ގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފި

އދ. ދިގުރަށުގެ ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފިއެވެ. ކޮތަޅަކަށްލައި ކުނިތަކަކާއެކު ދިގުރަށުގެ ގޮނޑަށް ތުއްތު ކުއްޖަކު އެއްލާލާފައި އ...

24 Dec 2023 | 05:05

އދ. ދިގުރަށުގެ ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފިއެވެ.

ކޮތަޅަކަށްލައި ކުނިތަކަކާއެކު ދިގުރަށުގެ ގޮނޑަށް ތުއްތު ކުއްޖަކު އެއްލާލާފައި އޮއްވާ ފެނުނީ މި މަހުގެ ތިންވަނަ ދުވަހުގައެވެ.

އެ ދުވަހު ހެނދުނު އެ ކުއްޖާ ފެނުނުއިރުވެސް ކުއްޖާ އޮތީ މަރުވެފައިކަމަށް އޭރު ޑަކުޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައާއި ގުޅިގެން ހަމަ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން، ސްރީ ލަންކާއަށް ނިސްބަތްވާ، އުމުރުން 30 އަހަރުގެ އަންހެނަކު ހައްޔަރުކުރިއެވެ. އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ލަންކާއަށް ފުރަންގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓައެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އެކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލީ މި މަހުގެ 16 ވަނަ ދުވަހުގައެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު ގެނައިނަމަވެސް އިތުރު ތަފްސީލުތަކެއް އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް