ޕޯސްޓްމޯޓަމް ވަގުތީ ނަތީޖާ: ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެން

ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދެއްކި ގޮތުގައި ނިޝާމާ މުހައްމަދު މަރާލާފައިވަނީ ކަރުގައި އެއްޗެއް އޮޅާ ނޭވާ ހާސްކޮށްލައިގެން ކަމުގައި ފުލުހުން ބުނެފިއެވެ. ފުލުހުން މިކަން ހާމަކޮށްފައިވާއިރު ޕޯސްޓްމޯ...

24 Dec 2022 | 18:43

ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދެއްކި ގޮތުގައި ނިޝާމާ މުހައްމަދު މަރާލާފައިވަނީ ކަރުގައި އެއްޗެއް އޮޅާ ނޭވާ ހާސްކޮށްލައިގެން ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވާއިރު ޕޯސްޓްމޯޓަމް ހެދުމަށްފަހު ނިޝާމާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި މިއަދި ހަވީރު ވަނީ ނިޝާމާގެ ޖަނާޒާ ބާއްވާފައެވެ.

މި މަހުގެ 10 ވަނަ ދުވަހު ހދ. ނޮޅިވަރަމްގައި ނިޝާމާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ. އޭރު އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ހުރީ ފިލައިގެން ގޮސް އެ އަތޮޅު ކުޅުދުއްފުށީގައެވެ.

ނިޝާމާގެ މަރުގެ ހަބަރު ދައުރުވާން ފެށުމުން އެންމެ ފުރަތަމަވެސް އެއީ ގަތުލެއްކަމުގައި ޝައްކު އުފެދި އެ ހަބަރު ފެތުރެން ފެށުމާއެކު އަބޫބަކުރު ފައިސަލް ވަނީ އަމިއްލައަށް ފުލުސް އޮފީހަށް ގޮސްފައެވެ.

ފުލުހުން އަބޫބަކުރު ފައިސަލް ހައްޔަރުކުރީ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު އެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

ހައްޔަރުގައި ހުރެ އަބޫބަކުރު ފައިސަލް ދަންޖެހެން މަސައްކަތްކުރަނިކޮށް ސަލާމަތްކުރިނަމަވެސް ހަފްތާއެއްހާ ދުވަސްފަހުން އޭނާ ވަނީ މަރުވެފައެވެ. މަރުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް