ޖަޕާނުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިރޯޝީ ސުޒުކީ ވިދާޅުވީ އިންޑިއާ-ޖަޕާން ބުލެޓް ޓްރެއިން ޕްރޮޖެކްޓަކީ މަރޫތީ ސުޒުކީ ފަދައިން ހަލުވި ސްޕީޑްގެ ރޭލް އިންގިލާބަކަށް ވެގެންދާނެ ކަމަށެވެ.
ޖަޕާނުގެ ސަފީރު ވަނީ ހައި ސްޕީޑް ރޭލް ޕްރޮޖެކްޓަށް އިންޑިއާ އާއި ޖަޕާނުގެ މަސައްކަތްތެރިން ދެއްކި ޓީމް ސްޕިރިޓަށް ތައުރީފް ކުރައްވާފައެވެ. ޖަޕާނުގެ ސަފީރު ވިދާޅުވީ "އެހެންވީމަ އަޅުގަނޑު ބުނީ މަރޫތީ ސުޒުކީ އިންގިލާބާއި އޭގެ ފަހުން ދިއްލީ މެޓްރޯ އިންގިލާބެއް. އަޅުގަނޑަށް ޔަޤީން، މި މަޝްރޫޢު ނިމޭއިރު، މިއީ އަނެއްކާވެސް ހައިސްޕީޑް ރޭލް އިންގިލާބަކަށް ވެގެންދާނެކަމަށެވެ.
މީގެ އިތުރުން ޖަޕާނުގެ ސަފީރު ވިދާޅުވީ "ހައި ސްޕީޑް ރޭލުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ޓަކައި ރައްޔިތުން މިހާ ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ގޮތާމެދު އުފާކުރާކަމަށެވެ. އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސައްކަތުގައި ޓީމެއްގެ ގޮތުގައި ކުރިއަށް ދާނެ ކަމަށް. ޖަޕާނާއި އިންޑިއާއާ ދެމެދު އޮންނަނީ ގާތް ގުޅުމެއް،" އޭނާ ވިދާޅުވި އެވެ. މުމްބާއީ-އަހްމަދުއާބާދު ހައި ސްޕީޑް ރޭލް (އެމްއޭއެޗްއެސްއާރް) ޕްރޮޖެކްޓަކީ ޖަޕާން ސަރުކާރުގެ ފަންނީ އަދި މާލީ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ޖަޕާނާއި އިންޑިއާގެ ގުޅުމަކީ ސްޓްރެޓެޖިކް އަދި ބައިނަލްއަގްވާމީ ގޮތުން ވެސް ހާއްސަ ޕާޓްނަޝިޕެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ އެވެ. އަދި ގުޖުރާތުގެ ނަވަސަރީގައި ހުރި އެތަން ބައްލަވާލެއްވުމަށްފަހު ކުރިއަށްދާ ގޮތާމެދު ސަފީރު ވަނީ އުފާފާޅުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް