ގއ. އިން އައްޑޫ ސިޓީއާއި ދެމެދަށް ވައިޓް އެލާޓް

މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑު ސިޓީއާއި ހަމައަށް  އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާ އިން އެ ސަރަހައްދަށް ވަ...

24 Dec 2022 | 18:12

މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ގއ. އަތޮޅުން ފެށިގެން އައްޑު ސިޓީއާއި ހަމައަށް  އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ މިރޭ 07:15 އިން ފެށިގެން ދަންވަރު 02:00 އާއި ހަމައަށެވެ.

މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި އެ ސަރަހައްދުތަކަށް ވައި ޖެހޭނޭކަމަށެވެ.

އަދި ގަޑިއަކު 40 މޭލަށް ވައި ގަދަވެކަނޑުތައް ގަދަވާނެކަމަށް މެޓް ލަފާކޮށްފައި ވެއެވެ. .

ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް