މުޅި ރާއްޖެ އެއްހަމައެއްގައި ތަރައްޤީ ކުރީ ރައީސް ސޯލިހް: ރޮޒެއިނާ

މުޅި ރާއްޖެ އެއްހަމައެއްގައި ތަރައްޤީ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒ...

24 Dec 2022 | 18:05

މުޅި ރާއްޖެ އެއްހަމައެއްގައި ތަރައްޤީ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ، 11،000 މީހުންގެ ތާއީދު ފޯމާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ އިސްލީޑަރު އަދި ރައީސް ޞާލިޙް މިއަދު ފޯމު ހުށަހެޅުއްވުމާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ރޮޒައިނާ ވިދާޅުވީ ހިތާ ރޫޙުން އޭނާގެ ތާއިދު އޮތީ ރައީސް ޞާލިހަށް ކަމަށާއި، އޭގެ ބައިވަރު ސަބަބުތައް އެބަހުރި ކަމަށެވެ.

މިގޮތުން، ރައީސް ޞާލިހްގެ ހިކުމަތްތެރިކަމާއި ކެތްތެރިކަމާއި އެކު ޤައުމު އަމާން މިސްރާބަކަށް ގެންގޮސްދީފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެންމެންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުންނެވި މުޅި ރާއްޖެ އެއްހަމަޔެއްގައި ތަރައްޤީ ކުރެއްވީ ރައީސް ޞާލިހު ކަމަށް ރޮޒައިނާގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މި ޕްރައިމަރީ ވެގެންދާނީ ފަހުގެ ތާރީޚެއްގައި އެމްޑީޕީގައި ބޭއްވޭ އެންމެ ވާދަވެރި ޕްރައިމަރީއަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އޮންލައިންކޮށްވެސް ފޯމު ހުށަހެޅޭ ގޮތަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ މިއަދު ހަވީރު4:00 ގައި އެވެ.

އެމްޑީޕީން މީޑިއާގައި ބުނީ ވަގުތު ހަމަވިއިރު ފޯމު ހުށަހެޅި އެ ދެބޭފުޅުން ކަމަށާއި ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ދާ ކަމަށެވެ.

ޕްރައިމަރީގައި ވާދަ ކުރަން ފޯމު ހުށަހަޅަން ޖެހެނީ 500 މީހުންގެ ސޮޔާއި އެކުއެވެ.

ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނަޝީދު ފޯމު ހުށަހެޅުއްވީ އޮންލައިންކޮށެވެ. އަދި ތާއީދު ފޯމުގެ އަދަދު ހާމައެއް ނުކުރެއެވެ.

ރައީސް ޞާލިހު ފޯމު ހުށަހެޅުއްވީ މިއަދުއެވެ. އެމަނިކުފާނު ޕްރައިމަރީގައި ވާދަ ކުރައްވަން ފޯމު ހުށަހެޅުއްވީ 11،000 މީހުންގެ ތާއީދު ފޯމާއި އެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް