ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލެ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާ ވަޑައިގެންނެވީ އިއްޔެ މެންދުރު ފަހު އެވެ.
ރައީސްގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ގއ. ދާންދޫ އަށެވެ. އެއަށްފަހު، ނިލަންދޫއަށާއި، މާމެންދޫއަށް އެމަނިކުފާނު ވަނީ ވަޑައިގަންނަވާފައެވެ.
މިދަތުރުފުޅުގައި ރައީސް ވަނީ ދާންދޫގެ ބިންހިއްކުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގައި ސަރުކާރުން ވަނީ 957,000 މީޓަރުގެ ބިން ހިއްކައި، 848 މީޓަރުގެ ސަރަޙައްދެއްގެ ރިވެޓްމެންޓް ޖަހާފައެވެ.
އޭގެ ފަހުން ނިލަންދޫއާއި، މާމެންދޫގައި އަލަށް ޢިމާރާތްކުރެވުނު ދެ އިންޖީނުގެ ހުޅުއްވައިދެއްވާފައިވެ އެވެ. ނިލަންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބަހައްޓާފައިވާއިރު، މާމެންދޫގައި އަލަށް ހުޅުވި އިންޖީނުގޭގައި 1400 ކިލޯ ވޮޓްގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ވަނީ ބަހައްޓާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް