މިއަދު ބޭއްވި ރ. ދުވާފަރު ކައުންސިލްގެ ބައި އިލެކްޝަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކާމިޔާބު ކޮށްފި އެވެ.
ދުވާފަރު ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލްގެ މެމްބަރުންގެ މައްޗަށް ކުރެވިފައިވާ ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލަ ފެންމަތިވުމުން މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ. އެ މެމްބަރު އިސްތިއުފާ ދިން އިރު ބާކީ ތިބި ހަ ކައުންސިލް މެމްބަރުން މި މައްސަލައި ތިބީ ސަސްޕެންޑު ކޮށްފައި އެވެ.
މި އިންތިހާބުގައި ވާދަ ކުރީ އަމިއްލަ ގޮތުން އަޙުމަދު ޙުސައިން އާއި ޕީޕީއެމްގެ ކެންޑިޑޭޓު، ފާތިމަތު އަލީ އަދި އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުﷲ ނާޒިމެވެ.
ނާޒިމް ކާމިޔާބު ކުރީ 612 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ފާތިމަތު އަލީއަށް ލިބިފައިވަނީ 544 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓު އަޙުމަދަށް ލިބިފައިވަނީ 298 ވޯޓެވެ.
މި ދާއިރާގައި ވޯޓު ލިބުމުގެ ހައްގު ލިބިގެންދާ 3،412 މީހުން ތިބި އިރު މިއަދު ވޯޓުލާފައިވަނީ 1،454 މީހުންނެވެ. 35 މީހަކު ލާފައިވާ ވޯޓު ވަނީ ބާތިލްވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް