ފީފާގެ ރައީސްވެސް އާއިލާއާ އެކު ޗުއްޓީއަށް ރާއްޖެއަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިންފަންޓީނޯ ރާއްޖެ އައިސްފައިވަނީ އާއިލާ އާއި އެކު އެވެ. އެމީހުން ރާއްޖެ އައީ ޕްރައިވެޓް ...

24 Dec 2022 | 14:51

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިންފަންޓީނޯ ރާއްޖެ އައިސްފައިވަނީ އާއިލާ އާއި އެކު އެވެ. އެމީހުން ރާއްޖެ އައީ ޕްރައިވެޓް ޖެޓެއްގައި ކަމަށްވެ އެވެ.

ފީފާގެ ރައީސް ޗުއްޓީއަށް ރާއްޖެ އައިސްފައި މިވަނީ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަށް ފަހު ފުޓުބޯޅަ ކުޅުންތެރިން ޗުއްޓީއަށް ރާއްޖެ އަންނަމުންދާ ދަނޑިވަޅެއްގައި އެވެ.

އިންފަންޓީނޯ ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

ރާއްޖެއަށް ޗުއްޓީއަށް އަދި ފުޓުބޯޅަ ތަރިންގެ ތެރޭގައި ބްރެޒިލްގެ ތަރި ނޭމާ ހިމެނެ އެވެ. އަދި އެ ޓީމުގެ އެހެން ކުޅުންތެރިންނާއި ބެލްޖިއަމް އާއި ޕޮލެންޑުގެ މަޝްހޫރު ކުޅުންތެރިންތަކެއްވެސް އައިސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް