ބޮލަށް ގޯލް ޕޯސްޓެއް ވެއްޓި ނުވަ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ހއ. އުލިގަމުގައި ކުޑަކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓި އެ ކުއްޖާ ނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ އެ ހާދިސާ ހިނގީ މިއަދު ހަވީރު 5:50 ހާއިރު ކަމަށެވެ. ފުލުހުންގެ ...

24 Dec 2022 | 14:22

ހއ. އުލިގަމުގައި ކުޑަކުއްޖެއްގެ ބޮލަށް ގޯލް ޕޯސްޓެއް ވެއްޓި އެ ކުއްޖާ ނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ އެ ހާދިސާ ހިނގީ މިއަދު ހަވީރު 5:50 ހާއިރު ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ ބޮަލަށް ގޯލް ޕޯސްޓު ވެއްޓުނީ މިއަދު ހަވީރު ފުޓުބޯޅަ ކުޅެން އުޅެނިކޮށް ކަމަށެވެ. ހާދިސާގައި ނިޔާވީ ނުވަ އަހަރުގެ ފިރިހެން ކުއްޖެކެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެ ކުއްޖާ ނިޔާވެފައިވަނީ އުލިގަމު ހެލްތު ސެންޓަރުގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ގޯލް ޕޯސްޓު ވެއްޓިފައިވަނީ އެ ކުއްޖާގެ ކަނދުރާ މައްޗަށެވެ. އެ ޕޯސްޓު ވެއްޓުނީ ކިހިނެތް ކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް