އިންޑިއާ އެމްބަސީގައި ހުުޅުޖަހަން ގޮވާލި މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ. އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލީ ކުރީ ސަރުކާރުތަކުގައި ސިޔާސީ މަގާމުތަކެއް ފުރުއްވާފ...

24 Dec 2022 | 13:43

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލީ ކުރީ ސަރުކާރުތަކުގައި ސިޔާސީ މަގާމުތަކެއް ފުރުއްވާފައިވާ އައްބާސް އާދިލް ރިޒާ އެވެ. އޭނާގެ ޓުވީޓެއްގައި ވަނީ އައްޑޫގައި ހުޅު ޖެހި މައްސަލައިގެ ބަދަލު އަދި ނުހިފޭތީ، ބަދަލު ހިފުން “އިންޑިއާ އެމްބަސީން” ފެށުނން ކިހިނެއްވާނެތޯ ސުވާލު ކުރައްވާފައި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެކަމާ ގުޅިގެން އިދާރާތަކުން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ޑިޕްލޮމެންޓުންނާއި އާންމުންގެ ރައްކާތެރިކަން ގެއްލޭ ގޮތަށްދޭ އެފަދަ އިންޒާރުތައް އަޅާނުލާ ދޫކޮށްނުލާނެ ކަމަށެވެ.

އައްބާސްގެ ޓުވީޓު ސިޔާސީ ޕާޓީތަކުން ދަނީ ކުށްވެރިކޮށްފައި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަން ހިނގާދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް