ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ސިނަމާލޭ ބްރިޖުގައި މިއަދު ހެނދުނު ދުވުމެއް ބާއްވައިފި އެވެ.
300 ބައިވެރިންނާއެކު ކުރިޔަށް ގެންދިޔަ ދުވުމުގެ ހަރަކާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ސަރުކާރުގެ އިސްވެރިންނާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރުންގެ އިތުރުން މަޖިލިސް މެމްބަރުންނާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި ރާއްޖޭގައި އުޅޭ ޗައިނާ މީހުންވެސް ބައިވެރިވެފައިވެ އެވެ.
ޗައިނާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން މިދިޔަ އޮކްޓޫބަރު މަހުގެ 22 ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. އަދި ޗައިނާގެ އެމްބެސެޑަރު ވަންގް ލިޝިން ދުވުމުގެ ހަރަކާތަށްފަހު ވިދާޅުވެފައިވަނީ ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން އިތުރު ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް