ގއ. ނިލަންދޫގެ އާ އިންޖީނުގެ އާއި އޮފީސް ޢިމާރާތް ރައީސް ހުޅުވައި ދެއްވައިފި

ގއ. ނިލަންދޫ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ. މި ދެ ތަން ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެވެ. މި ރަސްމިއްޔާތ...

24 Dec 2022 | 11:36

ގއ. ނިލަންދޫ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.

މި ދެ ތަން ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެވެ.

މި ރަސްމިއްޔާތުުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ވޯޓުދީގެން ސަރުކާރެއް ހޮވައި، ޓެކްސް ފައިސާ ސަރުކާރަށް ދައްކަނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ސަރުކާރުން ޤާއިމްކޮށްދިނުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އެދޭ ބަދަލު ގެނެސްދޭނީ މިސަރުކާރުން ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބެއެވެ. އަދި އެއީ ކަރަންޓުގެ ޚިދުމަތްކަމުގައި ވީ ނަމަވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ކަމުގައި ވީނަމަވެސް، ލަފާ ފުރުމުގެ ޚިދުމަތްކަމުގައި ވީނަމަވެސް ނުވަތަ ރަނގަޅު ތަޢުލީމާއި، ޞިއްޙީ ޚިދުމަތް ކަމުގައިވީ ނަމަވެސް ރައްޔިތުން ބޭނުންވާ މިންވަރަށް އެ ޚިދުމަތްތައް މީގެ ކުރީގެ ސަރުކާރުތަކުން ފޯރުކޮށްދެވިފައިނުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މީގެ ކުރިން ޚާއްޞަކޮށް ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ޤާއިމްކޮށްފައި ވަނީ ރައްޔިތުންގެ އަމިއްލަ ޚަރަދުގައެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ހެއްދެވީ އެއްވެސް ރަށެށް، އެއްވެސް ރައްޔިތެއް ބާކީ ނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތައް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

އަދި މިގޮތުން ފެނަކަ މެދުވެރިކޮށް 144 ރަށަކަށް އައު ކަރަންޓު އުފައްދާ ޖެނެރޭޓަރު ފޯރުކޮށްދެވިއްޖެކަމަށާއި 46 ރަށެއްގެ އިންޖީނުގޭ އޮފީސް ޢިމާރާތް ޤާއިމްކުރެވިއްޖެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ރަސްމީގޮތުން ހުޅުވި ނިލަންދޫގެ އާ އިންޖީނުގޭގައި 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު ބެހެއްޓިފައިވާއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯ ވޮޓް ގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށެވެ.

ނިލަންދޫގެ ކުރީގެ އިންޖީނުގޭގެ ގޮތުގައި ބޭނުންކުރ ޢިިމާރަތަކީ 22 އަހަރުވެފައިވާ ޢިމާރާތެކެވެ. ކުރީގެ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ނަމަވެސް އައު އިންޖީނުގެ ޤާއިމްކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހުޅުވުނު އައު އިންޖީނުގެ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތައްފަހު އެ އިންޖީނުގެ ބައްލަވާލައްވާފައެވެ.

އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ފަނީ ކައުންސިލާއި ޑަބްލިއުޑީސީގެ އިތުރުން ރަށުގެ އާންމުންނާއި ބައްދަލު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް