ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި، ޖަނާޒާ މިރޭ މާލޭގައި

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވަ ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު މާާލެ ގެނެސްފި އެވެ. ނިޝާމާ މަރުވެފައި އޮއްވަ ފެނުނީ މިމަހުގެ 10 ވަނަ ދުވަހު އ...

24 Dec 2022 | 10:20

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވަ ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ހަށިގަނޑު މާާލެ ގެނެސްފި އެވެ.

ނިޝާމާ މަރުވެފައި އޮއްވަ ފެނުނީ މިމަހުގެ 10 ވަނަ ދުވަހު އޭނާ ރަށުގައި ދިރިއުޅޭ ގޭގެ ކޮޓަރީގައި އެވެ. އެ ރަށު ސިއްހީ މަރުކަޒުން ބުނީ އެތަނަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

ނިޝާމާގެ ޕޯސްޓު މޯޓަމް ހަދަން އަވައްޓެރި އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުގެ ވަގުތެއްގައި ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ.

ނިޝާމާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މަޣުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.

ނިޝާމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރި ކަމަަށް އާއިލާއިން ބުނެ އޭނާގެ މަރާލިކަމުގެ ތުހުމަތު ކުރީ ނިޝާމާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. އެ މައްސަލައިގަ ފައިސަލް އެ ދުވަހު ހައްޔަރު ކުރިނަމަވެސް ފުލުހުންގެ ބަންދުގައި ހުއްޓަ އޭނާ ވަނީ ދަންޖެހިފައި އެވެ. އަދި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ 19 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވަނީ މަރުވެފައި އެވެ.

މި މައްސަލައިގަ ފައިސަލްގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އޮތް ކަމެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

ހޯމް މިނިސްޓްރީން ބުނީ ފައިސަލް މަރުވި ނަމަވެސް ނިޝާމާގެ މަރުގެ ތަހުގީގު ކުރިޔަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް