ދުވާފަރު ކައުންސިލުގެ ބައި އިލެކްޝަން ކުރިޔަށްދަނީ

ރ. ދުވާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށްޓަކައި ކުރިޔަށް ގެންދާ ބައި އިލެކްޝަންގެ ވޯޓުލުން ކުރިޔަށް އެބަދެ އެވެ. ދުވާފަރު ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލްގެ މެމްބަ...

24 Dec 2022 | 09:48

ރ. ދުވާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު ހޮވުމަށްޓަކައި ކުރިޔަށް ގެންދާ ބައި އިލެކްޝަންގެ ވޯޓުލުން ކުރިޔަށް އެބަދެ އެވެ.

ދުވާފަރު ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލްގެ މެމްބަރުންގެ މައްޗަށް ކުރެވިފައިވާ ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލަ ފެންމަތިވުމުން މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ. އެ މެމްބަރު އިސްތިއުފާ ދިން އިރު ބާކީ ތިބި ހަ ކައުންސިލް މެމްބަރުން މި މައްސަލައި ތިބީ ސަސްޕެންޑު ކޮށްފައި އެވެ.

މިއަދު ކުރިޔަށްދާ ބައި އިލެކްޝަންގައި ވާދަ ކުރަނީ ތިން ކެނޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން އަޙުމަދު ޙުސައިން އާއި ޕީޕީއެމްގެ ކެންޑިޑޭޓު، ފާތިމަތު އަލީ އަދި އެމްޑީޕީގެ ކެނޑިޑޭޓް ޢަބްދުﷲ ނާޒިމެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދަނީ މާލެއާއި ދުވާފަރުގައި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް 919 މީހުން ވޯޓުލައިފި އެވެ. އެއީ 511 ފިރިހެނުންނާއި 408 އަންހެނުންނެވެ.

މި ދާއިރާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،412 މީހުން އެބަތިއްބެވެ.

ވޯޓުލުން ކުރިޔަށް ދަނީ މިއަދު ހަތަރެއް ޖަހަން ދެންނެވެ. އީސީން ބުނީ ވަގުތީ ނަތީޖާ އާއި ރަސްމީ ނަތީޖާ މިރޭ އިއުލާނު ކުރެވޭވަރު ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް