ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް މޫސުން ގޮސް ވާނެ ކަމަށް ވައިޓް އެލާޓު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެލާޓު ނެރެފައިވަނީ ގއ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދަށެވެ. އެއީ މެންދުރު1:00 ން މިރޭ7:00 އަށެވެ.
އެ އިދާރާއިން ލަފާ ކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ގަޑިއަކު19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.
ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ ކަމަށް ބުނެ އެވެ.
އަދި ކަނޑު ގަދަވެ އެ ސަރަހައްދުގެ ރަށްތަކަށް އުދަ އަރާނެ ކަމަށްވެސް ލަފާ ކުރެ އެވެ.
މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް