އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވި މައްސަަލަ މާރިޔާ ކުށްވެރި ކުރައްވައިފި

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވި މައްސަލަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުށްވެއްރި ކުރައްވައިފި އެވެ. އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލީ ކުރީ ސަރުކާރުތަކުގަ...

24 Dec 2022 | 08:55

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ގޮވި މައްސަލަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުށްވެއްރި ކުރައްވައިފި އެވެ.

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލީ ކުރީ ސަރުކާރުތަކުގައި ސިޔާސީ މަގާމުތަކެއް ފުރުއްވާފައިވާ އައްބާސް އާދިލް ރިޒާ އެވެ. އޭނާގެ ޓުވީޓެއްގައި ވަނީ އައްޑޫގައި ހުޅު ޖެހި މައްސަލައިގެ ބަދަލު އަދި ނުހިފޭތީ، ބަދަލު ހިފުން "އިންޑިއާ އެމްބަސީން" ފެށުނން ކިހިނެއްވާނެތޯ ސުވާލު ކުރައްވާފައި އެވެ.

އެކަން ކުށްވެރިކޮށް މާރިޔާ ވިދާޅުވީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި އެކަން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ޓެރަރިޒަމަށް ޒީރޯ ޓޮލަރެންސް ދަމަހައްޓާނެ ސަރުކާރެއް ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ ގާތް ބައިވެރިއަކަށްވާއިރު ދިވެހިންގެ ތަރައްގީއަށް ހުރަސް އެޅުމަށް މަސައްކަތްކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

https://twitter.com/MariyaDidi/status/1606456327823593472

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް