ބޮލީވުޑްގެ ބަތަލް ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕުޓް ކަޕޫރަކީ މީޑިއާގެ ސަމާލުކަން ހޯދުމުގައި އަރާ ހުރި މީހެކެވެ.
ޝާހިދާއި އިނުމަށް ފަހު އޭނާ ދަނީ މަގުބޫލު މީހަކަށް ވުމަށް ފިލްމު ނުކުޅުނަސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މީރާ އަކީ ސޯޝަލް މީޑިއާ ނެޓްވޯކްތައް ކަމަށްވާ އިންސްޓަގްރާމާއި ޔޫޓިއުބްގައި މިހާރު ވަރަށް ނުފޫޒު ގަދަ މީހެކެވެ.
ހާއްސަކޮށް އޭނާ ފިޓްނަސް އަދި މޭކަޕް ޓިޕްސްތަކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ކަންކަމެވެ.
މިފަހަރު މީރާއަށް އިންސްޓަގްރާމް ކުރެވުނު ޕޯސްޓަކުން ގިނަ ބަޔަކު ތައީދު ކުރުމުގެ ބަދަލުގައި ޖަހަމުންދަނީ ޖޯކެވެ. މޫނު ވަރަށް ކައިރިން ނަގާފައިވާ އެ ސެލްޕީ ޕޯސްޓު ކުރުމަށް ފަހު މީރާ ބުނެފައިވަނީ އެއީ މޭކަޕް ނުކޮށް ނަގާފައިވާ ފޮޓޯއެއްހެން ހީވާ ފޮޓޯއެއް ކަމަށެވެ.
މި ފޮޓޯ އާއި އެކު މީހުން އޭނާއަށް ޖޯކު ޖަހައި ކޮށްފައިވާ ކޮމެންޓުތަކުގައި ބުނީ ފައުންޑޭޝަން އުނގުޅައި ތުންފަތުގައި ލިޕްލައިނާ އަޅައިގެންވެސް މޭކަޕް ނުކޮށް ކަމަށް ކިޔަން ބޭނުން ނަމަ ކީދާނެ ކަމަށެވެ. ގިނަ ބަޔަކު އަޅައިގަނެފައިވަނީ "ނޯ މޭކަޕް" ޖަހާފައި އިން ތަންކޮޅަށެވެ.
މި ޕޯސްޓު މާނަކުރި ކުރި ބައެއް މީހުން ވަނީ އޭނާއަށް ތާއީދުކޮށްވެސް ވާހަކަ ދައްކާފައި އެވެ. އެމީހުން ބުނީ މީރާގެ ޕޯސްޓުގައި ބުނީ އެ ކޮށްފައި ހުރި މޭކަޕުން ހީވަނީ މޭކަޕު ނުކޮށް ހުރިހެން ކަމަށެވެ.
އެއްވެސް ހާލެއްގައި އެއީ އޭނާ މޭކަޕް ނުކޮށް ހުރި ފޮޓޯއެކޭ ބުނެފައި ނުވާކަމަށް މީރާއަށް ތާއީދުކޮށް ވާހަކަ ދެއްކި މީހުން ބުނެފައިވެ އެވެ.
https://www.instagram.com/p/CmgYdQrNSlY/
މީރާ އަކީ ޝާހިދުގެ ފަރާތުން މަޝްހޫރުކަން ހޯދައިގެން މީހުންގެ ސަމާލުކަން ހޯދާ މީހަކަށް ވާތީ ގިނަ ބަޔަކު ފާޑުކިޔައެވެ.
ހާއްސަކޮށް މީރާގެ މިފަދަ ޕޯސްޓުތަކާއި ގުޅިގެން އޭނާއަށް ކިޔާ ފާޑުކިޔުންތައް އިތުރުވާއިރު ބޮޑު ބަހުސަކަށްވެސް އެކަންވެ އެވެ. މިފަހަރުވެސް މީރާގެ ސަޕޯޓަރުންނާއި އެ ޕޯސްޓަށް ޖޯކު ޖެހުމުގައި ދަނީ އުތުރި އަރަމުންނެވެ.
މީރާ އާއި ޝަހިދު ކައިވެނި ކުރީ2015 ވަނަ އަހަރު އެވެ. ދެ މީހުންގެ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ވަނީ ލިބިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް