ބުރާސްފަތި ދުވަހުގެ އޮޕަރޭޝަނުގައި ހަތް ކިލޯގެ މަސްތުވާތަކެއްޗާއި މިލިޔަނެއްހާ ރުފިޔާ އަތުލައިގަތް

ބުރާސްފަތި ދުވަހު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ގާތްގަނޑަކަށް ހަތް ކިލޯގެ މަސްތުވާތަކެއްޗާއި މިލިޔަނެއްހާ ރުފިޔާ އަތުލައިގަނެވުނުކަން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވި ކޮމިޝަނަރ އޮފް ޕޮލި...

24 Dec 2022 | 08:00

ބުރާސްފަތި ދުވަހު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ގާތްގަނޑަކަށް ހަތް ކިލޯގެ މަސްތުވާތަކެއްޗާއި މިލިޔަނެއްހާ ރުފިޔާ އަތުލައިގަނެވުނުކަން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އޭނާ ވިދާޅުވީ އެދުވަހުގެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ މާލެއާއި ހުޅުމާލޭގައި ކަމަށާއި 10 ތަނެއް ބަލާ ފާސްކުރި ކަމަށެވެ. 17 މީހަކު ހައްޔަރު ކުރި ކަމަށެވެ. 6.8 ކިލޯ މަސްތުވާތަކެއްޗާއި 933،430 ރުފިޔާ އަތުލައިގަނެވުނު ކަށެވެ.

މިއީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްކަން ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް