ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބާއްވާ 6 ވަނަ "އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް" ފަށަިއިފ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު މި ކޮންފަރެންސް ކުރިއަށްދާނީ 24 ޑިސެންބަރު 2022 އިން 25 ޑިސެންބަރު 2022 އަށް ކުޅުދުއްފުށި ސިޓީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކަމަށެވެ.
މިއީ ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ސިލްސިލާ ކޮންފަރެންސްއެކެވެ.
މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށްވުރެ ގިނަ ޓީޗަރުންނާއި ޢިލްމީ، މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
އެގޮތުން ރާއްޖޭން ބޭރުން ޓީޗަރުންނާއި ޢިލްމީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އިންޑިއާ، މެލޭޝިއާ އާއި ތުރުކީވިލާތް ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
6 ވަނަ "އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް" ގައި ތަފާތު ދާއިރާތަކުން ކޮށްފައިވާ ޢިލްމީ 43 ދިރާސާ ކަރުދާސް ހުށަހެޅުމުގެ އިތުރުން 4 ވަރކްޝޮޕް ކުރިއަށް ދާނެއެވެ. އަދި ތަޢުލީމީ ދާއިރާއަށް ވަރަށް މުހިއްމު ދެ ޕެނަލް ޑިސްކަޝަންވެސް އޮންނާނެއެވެ.
އެންމެ ފަހުން މި ކޮންފަރެންސް ބާއްވާފައި ވަނީ 2019 ވަނަ އަހަރު، އައްޑޫ ސިޓީގައެވެ.
މ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ފަޒްނާ އަހްމަދުގެ އިތުރުން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އަދި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް