އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޯމު ހުށަހަޅުއްވައިފިއެވެ.
މިކަން ހާމަކުރައްވަމުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް މިއަދު ވިދާޅުވީ ރައީސް ފޯމް ހުށަހެޅުއްވީ 20 ހާހަށްވުރެ ގިނަ މެންބަރުންގެ ތާއީދާއިއެކުގައި ކަމަށެވެ.
ރައީސް ސޯލިހް ޕްރައިމަރީއަށް ފޯމު ހުށަހަޅުއްވާފައިވާއިރު ރައީސް ނަޝީދުވެސް ވަނީ ޕްރައިމަރީއަށް ފޯމު ހުށަހަޅުއްވާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ކެމްޕޭނު ޓީމުން ހޯދި ތާއީދު ފޯމުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
https://twitter.com/Mnashiz/status/1606539205244772353?t=yPGiBAIzKfIs067lhtVATw&s=35
ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަވިރު ހަތަރަކަށް ހަމަވާއިރު ރައީސް ނަޝީދާއި ރައީސް ސޯލިހްގެ އިތުރުން، އިތުރު ބޭފުޅަކު މި ޕްރައިމަރީގައި ވާދަކުރައްވަން އަދި ފޯމު ހުށަހަޅާފައެއް ނުވެއެވެ. އަދި ވާދަކުރާނެކަން އިތުރު ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް