ޑިމަރިއާ ރިޓަޔަ ނުކުރާނެ، އަދިވެސް ގައުމީ ޓީމަށް ކުޅޭނެ

ނިމިގެން ދިޔަ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބުނި ޔުވެންޓަސް މިޑްފީލްޑަރ އެންހެލް ޑިމަރިއާ އާޖެންޓީނާ ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލާނޭކަމަށް ބުނެފިއެވެ. އާޖެންޓީނާގެ ޓީވައ...

24 Dec 2022 | 06:32

ނިމިގެން ދިޔަ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބުނި ޔުވެންޓަސް މިޑްފީލްޑަރ އެންހެލް ޑިމަރިއާ އާޖެންޓީނާ ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލާނޭކަމަށް ބުނެފިއެވެ.

އާޖެންޓީނާގެ ޓީވައިސީ ސްޕޯޓްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑި މަރިއާ ހުރީ އަދިވެސް އާޖެންޓީނާ ގައުމީ ޓީމާއި އެކު ކުރިޔަށް ދާގޮޮތަށެވެ. ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ރިޓަޔަ ކުރަން ނިންމި ނަމަވެސް ވޯލްޑް ކަޕް ތަށި ލިބުމާއި އެކު ޑިމަރިއާ ވިސްނުން ބަދަލުކުރީ ކަމަށް އޭނާ ބުނެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާއިން އުފުލާލިއިރު، ޑިމަރިއާގެ ދައުރު ބޮޑެވެ. އެގޮތުން އޭނާ ކުޅުނު ފަސް މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގައި ވެސް ޑިމަރިއާ ތަފާތު ދެއްކިއިރު، އޭނާ ވަނީ ފައިނަލް މެޗުގައި ލަނޑެއް ވެސް ޖަހާފައެވެ.

ޔޫރަޕްގެ ނަން މަޝްޙޫރު ގިނަ ކުލަބުތަކަށް ވެސް ކުޅެފައިވާ ޑިމަރިއާ ވަނީ މިހާތަނަށް އާޖެންޓީނާގެ ގައުމީ ޓީމަށް 129 މެޗު ކުޅެދީ 28 ގޯލު ޖަހާފައެވެ.

މީގެ އިތުރުން ޑިމަރިއާ ވަނީ މިއަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2021 ވަނަ އަހަރުގެ ކޮޕައެމެރިކާ މުބާރާތާއި މި އަހަރު ކުޅެވުނު ކެމިބޯލް ޔޫއެފާ ކަޕް ޗެމްޕިއަންޝިޕް ވެސް ބްރެޒިލް އާއި އެކު ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް