ފްރާންސް މިޑްފީލްޑަރ ބްލައިސް މަޓުއިޑީ ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.
މަޓުއިޑީ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ހާމަކޮށްފައިވަނީ އޭނާގެ ޓުވިޓަރ އެކައުންޓު މެދުވެރިކޮށް، އިއްޔެ ކުރި ޓުވީޓެއްގައެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރުމަށް މަޓުއިޑީ ކުރި ޓްވިޓާގައި އޭނާ ބުނީ ފުޓުބޯޅަ ކުޅުން ހުއްޓާލަން ޖެހުމުން ދެރަވާ ކަމަށާއި އެއީ އޭނާ އެންމެ ލޯބިވާ ކުޅިވަރު ކަމަށެވެ. އަދި ފުޓުބޯޅަ ކެރިއަރުގައި އޭނާއަށް އެތައް ކަމެއް ހާސިލްކުރެވުނު ކަމަށާއި ނަމަވެސް ފުޓުބޯޅަ ކުޅުން ހުއްޓާލަން ޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ފުޓްބޯޅައިގައި އޭނާގެ ހުވަފެންތައް ހަގީތަކަށް ހެދުނުކަމަށާއި އެހެން ކަމުން ފުޓްބޯޅައާއި ދުރަށް މި ދަނީ ވަރަށް ފަޚުރުވެރިކަމާއެކުގައި ކަމަށެވެ.
" ފުޓްބޯޅައަކީ އަހަރެން އެންމެ ލޯބިވާ ކުޅިވަރު. ފުޓްބޯޅައިގައި ރަނގަޅު ކާމިޔާބީއަކާއި ހަމައަށް ވެސް ދެވުނު. ކުޅުމާއި ދުރައް މި ދަނީ ހިތްހަމަ ޖެހިގެން ނޫން." މަޓުއިޑީ ބުންޏެވެ.
މަޓުއިޑީ ވަނީ ޔޫރަޕްގެ ނަން މަޝްޙޫރު ގިނަ ކުލަބުތަކަށް ކުޅެފައެވެ. އޭގެތެރޭގައި ސެއިންޓް އެޓިއެން، ޕީއެސްޖީ، ޔުވެންޓަސް، އަދި އިންޓަރ މިއާމީ ފަދަ ކުލަބުތައް ހިމެނެއެވެ.
އޭނާ ވަނީ ގައުމީ ޓީމަށް 84 މެޗު ކުޅެދީ، ނުވަ ލަނޑު ޖަހާފައެވެ. އަދި މަޓުއިޑީ ވަނީ ފްރާންސްގެ ގައުމީ ޓީމާއި އެކު 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް