ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ވާނެ ކަމަސް ލަފާ ކޮށްފި އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވައިޓް އެލާޓު ނެރުނީ ކ. އަތޮޅުން ފެށިގެން ގއ އަތޮޅާއި ހަމަ އަށެވެ.
އެލާޓު ނެރެފައިވަނީ ހެނދުނު8:00 ން މެންދުރު ފަހު2:00 އަށެވެ.
މެޓުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ ކަމަސް ލަފާ ކުރެ އެވެ.
މެޓުން ބުނީ ކުރިޔަށް އޮތް ހަފްތާގައި ރާއްޖޭގެ ހުރިހާ ސަރަހައްދަށް ވިއްސާރަ ކުރާނެ އެވެ.
ޗުއްޓީ ދުވަސްވަރު ކަމަށް ވުމުން މޫސުމަށް ސަމާލުވެގެން ދަތުރު ރޭވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް