މެސީއާއެކު މަސައްކަތް ކުރި އިންޑިއާގެ ފުރަތަމަ ފޮޓޯގްރާފަރަކަށް، ޝްރައްދާގެ ލޯބިވެރިޔާ!

އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމު ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ފޮޓޯގްރާފަރެއްގެގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ އިންޑިއާ މީހަކަށް ރޯހަނ...

24 Dec 2022 | 04:41

އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމު ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ފޮޓޯގްރާފަރެއްގެގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ އިންޑިއާ މީހަކަށް ރޯހަން ޝްރެސްތާ ވެއްޖެ އެވެ.

ރޯހަން އަކީ ބޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީ ފޮޓޯގްރާފަރެކެވެ. އޭނާ އެންމެ މަޝްހޫރީ ބަތަލާ ޝްރައްދާ ކަޕޫރުގެ ސިއްރު ލޯބިވެރިޔާއަށް ވާތީ އެވެ.

ރޯހަން އިންސްޓްގަރާމްގައި ވަނީ މެސީގެ ފޮޓޯ ޝޯޓުގެ މަސައްކަތް ކުރިޔަށް ދަނިކޮށް ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯ ހިމެނޭ ގޮތަށް ހަދާފައިވާ ވީޑިއޯ ކްލިޕެއް އާންމުކޮށްފައި އެވެ. އެއީ ކުންފުންޏެއްގެ އިޝްތިހާރެއްގެ ފޮޓޯތަކެކެވެ.

ފޮޓޯ ޝޫޓު ނިންމުމަށްފަހު މެސީ ދަނީ ރޯހަން އާއި ސަލާމްކޮށް، އޭނާ އާއި އެކު ފޮޓޯ ނަގާފައި އެވެ.

ރޯހަން ބުނެފައިވާ ގޮތުގައި އޭނާއަށް އެ ފުރުސަތު ލިބުނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެކު އެވެ. ގިނަ ބަޔަކު ޓެގުކޮށް މެސީގެ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރުސަތު ހޯދައިދޭން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކޮށްފައި އެވެ.

https://www.instagram.com/p/CmgnN1_gkBc/

ރޯހަންއަށް ލިބުނު މި ކާމިޔާބު އިންޑިއާގައި ދަނީ ފާހަގަ ކުރަމުންނެވެ. އަދި ހާއްސަކޮށް އިންޑިއާގެ ފުޓުބޯޅަ އާއި މެސީގެ ސަޕޯޓަރުން ނަގަމުންދާ ފޯރި ގަދަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް