އާޖެންޓީނާ ޖެހި ގޯލްތަކަކީ ނުބައި ގޯލްތަކެއް ކަމަށް ބުނެ ވޯލްޑްކަޕް ފައިނަލް އަލުން ކުޅުމަށް ގޮވާލާ ޕެޓިޝަނެއް

ފްރާންސާއި ދެކޮޅަށް އާޖެންޓީނާ މޮޅުވި ވޯލްޑް ކަޕްގެ ފައިނަލް މެޗު އަލުން ކުޅުމަށް އެދި ޕެޓިޝަނެއް ފަށައިފިއެވެ. މި ޕެޓިޝަން ހަދައިފައިވަނީ ފައިނަލް މެޗުގައި އާޖެންޓީނާ ޖެހި ބައެއް ގޯލްތަކަކީ ނުބައި ގޯ...

23 Dec 2022 | 19:06

ފްރާންސާއި ދެކޮޅަށް އާޖެންޓީނާ މޮޅުވި ވޯލްޑް ކަޕްގެ ފައިނަލް މެޗު އަލުން ކުޅުމަށް އެދި ޕެޓިޝަނެއް ފަށައިފިއެވެ.

މި ޕެޓިޝަން ހަދައިފައިވަނީ ފައިނަލް މެޗުގައި އާޖެންޓީނާ ޖެހި ބައެއް ގޯލްތަކަކީ ނުބައި ގޯލްތަކެއް ކަމަށް ބުނެ މެޗު އަލުން ބޭއްވުމުގެ ބޭނުމުގައި ފްރާންސްގެ ސަޕޯޓަރުންނެވެ.

ޕެޓިޝަންގައި ބުނެފައިވަނީ ފައިނަލް މެޗުގައި އާޖެންޓީނާއިން ޖެހި ފުރަތަމަ ތިން ގޯލަކީ ރަނގަޅު ގޯލެއްކަމުގައި ރެފްރީ ނިންމީ ގޯސްކޮށް ކަމަށެވެ. ފައިނަލް މެޗުގައި ފްރާންސުން ލަނޑު ޖެހީ އާޖެންޓީނާއިން ދެ ލަނޑު ޖެހި ފަހުންނެވެ. އަދި ފައިނަލް މެޗު ނިމިފައިވަނީ ވަރަށްވެސް އެއްވަރުކޮށް 4-4 ގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބު ކޮށްފައިވަނީ މެޗުން އެއްވަރުވުމަށްފަހު ޕެނަލްޓީ އިން ކުރި ލިބިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް