ދިވެއްސަކު އިންޑިގޯގެ މަތިންދާބޯޓެއްގެ އިމަޖަންސީ ދޮރު ހުޅުވަން މަސައްކަތް ކޮށްފި

އިންޑިއާގެ އެއާލައިނެއް ކަމަށްވާ "އިންޑިގޯ" ގެ މަތިންދާބޯޓެއްގައި ދަތުރުކުރި ދިވެއްސަކު ބޯޓުގެ އިމަޖަންސީ ދޮރު ހުޅުވަން މަސައްކަތްކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އެވެ. އެ ދަތުރަކީ އިންޑިއާ...

24 Dec 2021 | 18:55

އިންޑިއާގެ އެއާލައިނެއް ކަމަށްވާ "އިންޑިގޯ" ގެ މަތިންދާބޯޓެއްގައި ދަތުރުކުރި ދިވެއްސަކު ބޯޓުގެ އިމަޖަންސީ ދޮރު ހުޅުވަން މަސައްކަތްކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު އެވެ. އެ ދަތުރަކީ އިންޑިއާއިން ރާއްޖެއަށް އެ މަތިންދާ ބޯޓު ކުރި ދަތުރެކެވެ.

ސޯޝަލް މީޑިއާގައި މީހަކު އާންމު ކުރި ވީޑިއޯއިން ފެންނަނީ އެ ބޯޓުު ވައިގެ ތެރޭގައި ދަތުރު ކުރަމުން ދަނިކޮށް ދިވެހި ފިރިހެނަކު ބޯޓުގެ އިމަޖަންސީ ދޮރާއި ކުޅެން ފެށުމުން ބޯޓުން އެލާމް އަޅާފައި ވެއެވެ.

އެލާމް އަޅަން ފެށުމާއި އެކު ބޯޓު ތެޅެން ފެށި ކަމަށާއި ހަމަ އެއާއެކު  ދޮރު ރަނގަޅަށް ލެއްޕީ ކެބިން ކްރޫންތަކެއް ގޮސްގެން ކަމުގައި އެ ޕޯސްޓްގައި ބުނެފައު ވެއެވެ. އަދި އެ ޕޯސްޓްގައި ވީޑިއޯ އެއްވެސް ހިއްސާ ކޮށްފައި ވެއެވެ.

ވީޑިއޯގައި އިވެނީ އިމަޖެންސީ ދޮރު ހުޅުވަން އުޅުން ވަރަށް ނުރައްކާ ކަމާއި އެއީ އަދަބު ލިބޭ ކުށެއް ކަމަށް ވެސް ހަނދާންކޮށްދީ، ބޯޓުގެ ކެޕްޓަން އެނައުންސްމަންޓެއް އިއްވައި އިންޒާރު ދޭ އަޑެވެ.

https://www.youtube.com/watch?v=h21pU7-VvTc&t=3s

އެމީހާ އާއި މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅި ކަމެއް އެނގިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް