"އިންޑިއާ އައުޓް" ކެމްޕެއިންގައި މިއަދު ހުޅުމާލޭގައި ކުރި މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުގެ އެއްވުމުގެ ތެރެއިން ހަތަރު މީހަކު ހައްޔަރު ކުރި ކަމަށެވެ. އެމީހުން ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭގައި މިއަދު މުޒާހަރާ ކޮށްފައިވަނީ ސައިކަލްތަކުގައި ބޮޑެތި މަގުތަކުގައި ދުއްވައިގެންނެވެ. އޭގެ ތެރެއިން ސައިކަލެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއި އެކު އިދިކޮޅު ކޯލިޝަންގެ މި ކެމްޕެއިންގައި ވަރަށް ހަރަކާތްތެރިކޮށް ދަނީ ބައިވެރިވެވަޑައިގެންނަވަމުންނެވެ.
https://twitter.com/Phiraash/status/1474395021746917377
އިދިކޮޅު ކޯލިޝަނުން ވަނީ "އިންޑިއާ އައުޓް" ކެމްޕެއިން ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. އެގޮތުން މިހާރު އައްޑޫ ސިޓީ އާއި، ކ. ތުލުސްދޫ، ގުރައިދޫ އަދި ފ. ނިލަންދޫގައި މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވެ އެވެ.
އިދިކޮޅުން ޑިމާންޑު ކުރަމުންދަނީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިން ގައުމުން ބޭލުމަށެވެ. ރާއްޖޭގައި75 އިންޑިއާ ސިފައިން ގާއިމްވެ އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް