"އިންޑިއާ އައުޓް" ކެމްޕެއިން މިއަދު އައްޑޫގައި ފަށައިފި

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން އައްޑޫ ސިޓީގައި ފަށައިފި އެވެ. މިއަދު ހަވީރު މި ކެމްޕެއިންގެ ތެރެއިން ހިނގާލުމެއް ކުރިޔަށް ގެންދިޔައީ ފޭދޫގައި އެވެ....

24 Dec 2021 | 17:02

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން އައްޑޫ ސިޓީގައި ފަށައިފި އެވެ.

މިއަދު ހަވީރު މި ކެމްޕެއިންގެ ތެރެއިން ހިނގާލުމެއް ކުރިޔަށް ގެންދިޔައީ ފޭދޫގައި އެވެ. މި ހަރަކާތުގައި އިދިކޮޅަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެ އެވެ.

އިދިކޮޅުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން އަތޮޅުތެރެއަށް ފުޅާކުރީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ވުމާއި އެކު އެވެ. މިހާތަނަށް އެމަނިކުފާޏު ވަނީ ކ. ގުރައިދޫ އާއި ތުލުސްދޫގެ އިތުރުން ފ. ނިލަންދޫއަށް ވަޑައިގެން ކެމްޕެއިން ކުރައްވާފަ އެވެ.

އިދިކޮޅުގެ މި ކެމްޕެއިނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާތަކަތެކެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ރާއްޖޭގައި އިންޑިއާގެ75 ސިފައިން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް