އައްޑޫ ސިޓީއަށް ސްރީލަންކާއިން ސީދާ އެތެރެކުރާ ދިރޭ ޖަނަވާރުގެ ފުރަތަމަ ޝިޕްމެންޓް މާދަމާ އައްޑޫ ސިޓީއަށް ގެންނާނެކަމަށް އެސިޓީގެ މޭޔަރ އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ކުރެއްްވި ޓްވީޓެއްގައިި ވިދާޅުވީ ރާއްޖެއިން ބޭރުން އައްޑޫ ސިޓީއަށް ސީދާ ގެނެވޭ ފުރަތަމަ ދިރޭ ޖަނަވާރުގެ ޝިޕްމެންޓް މާދަމާ ސްރީލަންކާއިން އައްޑުއަށް ގެނެވޭނެކަމަށެވެ. މިފަހަރު ގެންނަ މި ޖަނަވާރު ޝިޕްމަންޓަކީ އައްޑޫގައި ހިންގާ ޕޮއުލްޓްރީ ފާމަކަށް ގެންނަ ކުކުޅު ފިއޮއްތަކެއްކަމަށް މޭޔަރ ނިޒާރު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ނިޒާރު ވިދާޅުވީ މިއީ އިޤްތިޞާދީ މުހިންމު ފެށުމެއް ކަމުގައެވެ.
https://twitter.com/DhekunuNizar/status/1474262819910553603
ސްރީލަންކާ އިން ރާއްޖެ އެތެރެ ކުރާ މި ޝިޕްމެންޓް އައްޑޫއަށް ސީދާ ގެންނަނީ ވައިގެ މަގުން ސްރީލަންކަންގެ މަތިންދާބޯޓަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް