ސައުތް ކޮރެއާގެ ކުރީގެ ރައީސާ ޕާކް ގެއުން-ހައީއަށް މައާފުދީ މިނިވަން ކޮށްފި އެވެ.
އެ ގައުމުގެ ރައީސް މޫން ޖައެ-އިން އިއުލާނު ކުރެއްވި އަފުއާމު އެކަމަނާއަށް ދޭން ނިންމީ ހިތި މާޒީން އަރައިގަނެ، ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ގާއިމްކޮށް މުސްތަގްބަލަށްޓަކައި އެންމެން އަތުގުޅާލުމަށް ކަމަށެވެ. މިއީ ކޯވިޑްގެ ހާލަތުގައި ރައްޔިތުން ތަހައްމަލް ކުރި ހިތްދަތި ކަމާއި ގުޅިގެން އިއުލާނު ކުރި އަފްއާމެކެވެ،
ޕާކް ޖަލަށްލޯ2017 ވަނަ އަހަރު އެވެ. އޭނާ ޖަލަށް ހުކުމް ކުރީ މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ކޮރަޕްޝަނާއި ރިޝްވަތު ދިނުމުގެ ކުށްތަކެއް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އެކަމަނާ ޖަލަށްލީ20 އަހަރަށެވެ.
ޕާކަކީ ދެކުނު ކޮރެއާގެ ތާރީޚްގައިވެސް މަގާމުގައި ހުންނަވަނިކޮށް ވެރިކަމުން ބޭރުކޮށްލެވުނު ފުރަތަމަ ރައީސެވެ. އެކަމަނާ މަގާމުން ދުރުކޮށް ޖަލަށްލީ މަޖިލީހުން ފާސްކޮށް ސުޕްރީމް ކޯޓުން އެގޮތަށް ތާއީދު ކުރުމުންނެވެ.
މިހާރު އުމުރުން69 އަހަރުގެ ޕާކް އަކީ އެ ގައުމުގައި ތާއީދު ބޮޑު މީހެކެވެ. މިފަހަކަށް އައިސް ކޮންމެ ހަފްތާ ބަންދަކާއި ދިމާކޮށް ޕާކް މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ދަނީ މުޒާހަރާ ކުރަަމުންނެވެ.
އެކަމަނާ މިނިވަންވެފައި މިވަނީ އަންނަ މާޗް މަހު ދެކުނު ކޮރެއާގައި ރިޔާސީ އިންތިހާބު ބާއްވަން ތައްޔާރު ކުރަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް