މަސްވެރިކަން ރަނގަޅުވުމުން މިފްކޯއިން މަސް ގަންނަ ވަރު ކޮންޓްރޯލް ކޮށްފި

މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވުމުން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ ވަރު ކޮންޓްރޯލްކޮށްފި އެވެ. މިފްކޯއިން ބުނީ އެ ކުންފުންޏަށް ލިބޭ މަހުގެ ޢަދަދު އިތުރުވެފައިވާތީ މާދަމާއިން ފެށިގެން ...

24 Dec 2021 | 13:36

މި ދުވަސްވަރު މަސްވެރިކަން ރަނގަޅުވުމުން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ ވަރު ކޮންޓްރޯލްކޮށްފި އެވެ.

މިފްކޯއިން ބުނީ އެ ކުންފުންޏަށް ލިބޭ މަހުގެ ޢަދަދު އިތުރުވެފައިވާތީ މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ ފަސް ޓަނުގެ މަސް ކަމަށެވެ. މިގޮތަށް ހަމަޖެއްސީ އެ ކުންފުނީގެ ކޯލްޑް ސްޓޯރޭޖު ފުރެމުން އަންނާތީ އެވެ.

މިގޮތައް ހަމަޖެއްސި ނަމަވެސް މިހާރު ކިޔޫ ނަންބަރު ދީފައިހުރި ދޯނިފަހަރު މަސްކިރާ ނިމެންދެން އެދޯނިފަހަރުގެ މަސް ކޮންޓްރޯލް ނެތި ކިރަމުންދާނެއެވެ.

މިފްކޯއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މަސްވެރިކަން މިދުވަސްވަރު ރަނގަޅުވެފައިވާތީ ޕްރީޒިން ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ލިބި، ކިރުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. މިފްކޯއިން ބުނީ ދޯނިފަހަރު ކިޔޫގައި ހޭދަކުރާ ވަގުތު މަދުކުރުމުގެ ގޮތުންނާއި ރަނގަޅު ކޮލެޓީގައި މަސް ގަންނަން ބޭނުންވާތީ މިމަހުގެ 23ވަނަ ދުވަހު ކިޔޫއަށް އެރި ދޯނިފަހަރުގެ މަސް ހުކުރު ދުވަހުވެސް ކިރަމުންދާކަމަށެވެ.

އާންމުގޮތެއްގައި ހުކުރު ދުވަހަކީ މިފްކޯއިން މަސްކިރާ ދުވަހެއް ނޫނެވެ. އެކަމަކު މަސްވެރިކަން ރަނގަޅުވެ ފާއިތުވި 4 ހުކުރު ދުވަހުވެސް މިފްކޯއިން ވަނީ މަސްކިރާފައެވެ.

މިފްކޯއިން ބުނީ  މިއަހަރުގެ މިހާތަނަށް 56،198 ޓަނުގެ މަސް ގަނެފަވާ ކަމަށެވެ. އަދި މި މަހުގެ މިހާހިސާބަށް މިފްކޯއިން ވަނީ 8،796 ޓަނުގެ މަސް ގަނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް