ފާއިތުވެދާ އެއްވެސް ވަގުތަކީ ދެން ހަޔާތަށް އެނބުރި އަންނާނެ ވަގުތެއް ނޫންކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފި އެވެ.
ޚުތުބާގައި ބުނީ މާދަމާގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ވެވުނު މިންވަރަކުން މަސައްކަތްކުރަން ޖެހޭ ކަމަށާއި ލިބޭ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ހެޔޮ ޢަމަލުތައް ގިނަކޮށް، ނުބައި ކަންތައްތަކުން ދުރުހެލިވާން ޖެހޭ ކަމަށާއި ލޮބުވެތި ނަބިއްޔާ ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.
"ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް ކަންކުރަންވީ ގޮތުގެ ފުރިހަމަ ނަމޫނާ ލިބިގަންނަން ޖެހޭނީ ލޮބުވެތި ނަބިއްޔާގެ ހަޔާތްޕުޅުން. އެއީ ކާމިޔާބުވުމުގެ އަސާސެއް. ރެއާއި ދުވާލަކީ އިންސާނާ ގޮވައިގެން އޭނާގެ އަޖަލާ ދިމާލަށް ދަތުރުކުރާ އުޅަނދެއް. ދުރުގައިވާ ކޮންމެ އެއްޗެއް ކައިރިކުރަމުން، އާ ކޮންމެ އެއްޗެއް ބާކުރަމުން." ޚުތުބާގައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް