ހިޔާ ފްލެޓް ސަރަހައްދުގައި ސުލްހަވެރި އިހުތިޖާޖެއް ކުރަން ފަށައިފި

ހިޔާ ފްލެޓް ސަރަހައްދުގައި ސުލްހަވެރި އިހުތިޖާޖެއް ކުރަން ފަށައިފި އެވެ. މިއީ ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް، ނުވަތަ ކުލި ނުދައްކާ މުއްދަތު އިތުރު ކުރުމަށާއި ފްލެޓްތަކުގެ ކުލި ކުޑަ ކުުރުމަށް ގޮވާލާ...

24 Dec 2021 | 12:57

ހިޔާ ފްލެޓް ސަރަހައްދުގައި ސުލްހަވެރި އިހުތިޖާޖެއް ކުރަން ފަށައިފި އެވެ.

މިއީ ހިޔާ ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް، ނުވަތަ ކުލި ނުދައްކާ މުއްދަތު އިތުރު ކުރުމަށާއި ފްލެޓްތަކުގެ ކުލި ކުޑަ ކުުރުމަށް ގޮވާލާ ކުރަމުންދާ އިހުތިޖާޖެކެވެ.

މި އިހުތިޖާޖު ކުރަމުންދާ އިރު، އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި މެއިންޓެނަންސް އާ އެކު 8،500 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެހެންނަމަވެސް ހިޔާ ފްލެޓުތަކުގެ ވެރިން ބުނަމުން އަންނަނީ 6،500 ރުފިޔާއަށް އެ އަދަދު ކުޑަކޮށްދިނުމަށް އެދެމުން ނެވެ. އަދި އެކަން ވަނީ ސަރުކާރުގައި ވެސް އެދިފަ އެވެ.

މީގެ އިތުރުން ފްލެޓް ހަވާލުކުރި އިރު ފިނިޝިންގެ މަސައްކަތްތައް ނުނިންމާ ހުރުމުން އެ މަސއްކަތަށް ޚަރަދުވާ އަދަދުން އެއްލައްކަ ރުފިޔާ ސަރުކާރުން ދިނުމަށް ވެސް އެމީހުން ވަނީ ސަރުކާރުގައި އެދިފަ އެވެ.

ހިޔަ ޔޫނިއަނުން ބުނެފައިވަނީ އެ މައްސަލާގައި ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި މިއަދުހަވީރު ބައްދަލުވުމެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއީ ސިލްސިލާކޮށް ކުރިއަށް ދާނެ ހަރަކާތެއް ކަަމަށާއި މިއަހަރު ނިމުމުގެ ކުރިން ސަރުކާރުން މިކަމާ މެދު ގޮތެއް ނިންމާނެކަމަށް އުއްމީދު ކުރާ ކަމަށް ވެސް ހިޔާ ޔޫނިއަނުން ބުނެފައި ވެއެވެ.

ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތްތައް ނިންމުމަށް، އެޗްޑީސީން މީގެކުރިން ވެސް ވަނީ ތިން މަހުން ހަތަރު މަހަށް އިތުރު ކޮށްދީފަ އެވެ.

އެކަމަކު ހަތަރު މަހަކީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ފްލެޓުތަކުގައި ދިރިއުޅޭ މީހުން ކުރިންވެސް ވަނީ ބުނެފަ އެވެ.

މިކަމާއިގުޅިގެން އެޗްޑީސީން ބުނެފައިވަނީ ގްރޭސް ޕީރިއަޑް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް