ކޮމަންޑޫ ދާއިރާގެ ޕީޕީއެމް ޓިކެޓު ފަތުހީއަށް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ ހަމަޖައްސައިފި އެވެ. މި އިންތިހާބު ބާއްވަނީ ކޮމަންޑޫ ދާއިރާެ މެމްބަރު ހ...

24 Dec 2021 | 11:57

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މޫސާ ފަތުހީ ހަމަޖައްސައިފި އެވެ.

މި އިންތިހާބު ބާއްވަނީ ކޮމަންޑޫ ދާއިރާެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އިންތިހާބު އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބޭއްވުމަށެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާގައި ވިދާޅުވީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލީ ފަތުހީ އެކަނި ކަމަށެވެ. އެހެންވެ ޕްރައިމަރީ އަކާނުލައި އޭނާއަށް ޓިކެޓު ދޭން ނިންމީ ކަމަށް ވިދާޅުވި އެވެ.

މި އިންތިހާބުގައި ވާދަކުރާކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ ޕީޕީއެމްެ އިތުރުން އެމްޑީޕީ އާއި އެމްއެންޕީ އެވެ. އެމްޑީޕީން މުހައްމަދު ރާޝިދު ހަމަޖައްސާފައިވާއިރު އެމްއެންޕީގެ ކެންޑިޑޭޓަކީ އަބްދުލް ހަންނާން އިދުރީސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް