މަބްރޫކް ކައިވެނި ބައްލަވައިގެންފި

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކައިވެނިބައްލަވައިގެންފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަބްރޫކް ކައިވެނިބައްލަވައިގެންނެވީ ތައިލެންޑްގެ ކަނބަލަކާއެވެ. މަބްރޫކް ކައި...

24 Dec 2021 | 10:51

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކައިވެނިބައްލަވައިގެންފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަބްރޫކް ކައިވެނިބައްލަވައިގެންނެވީ ތައިލެންޑްގެ ކަނބަލަކާއެވެ.

މަބްރޫކް ކައިވެނި ބައްލަވައިގެންނެވި އިރު މިވަގުތު މަބްރޫކް ހުންނެވީ ޗުއްޓީއެއްގައި ތައިލެންޑްގައެވެ.

މަބްރޫކް ދިވެހިންނަށް ބޮޑަށް މަގްބޫލުވެގެން ދިޔައީ ކޮވިޑާއި ގުޅިގެން އެންއީއޯސީން ކުރިއަށްގެންދިޔަ ޕްރެސް ކޮންފަރެންސްތަކުންނެވެ. އޭރު މަބްރޫކް އުޅުނީ ރައީސް އޮފީހުގެ މީޑިއާ ޓީމްގައެވެ. އެއަށްފަހު މަބްރޫކް މިހާރު ވަނީ ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް އައްޔަން ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް