ގިނައިރު ފޯނު، ޓެބުލެޓް ފަދަ އެއްޗެއްސާ ކުޅޭ ކުދިން ކިޔެވުމާއި ދުރު ކަމަށް ދިރާސާތަކުން ބުނެފި އެވެ.
ބީބީސީން އާންމު ކޮށްފައިވާ އާޓިކަލްގައި ބުނެފައިވާ ގޮތުގައި 1 އަހަރާއި 3 އަހަރާއި ދެމެދުގެ ކުދިން ފޯނު ފަދަ ތަކެއްޗާއި ކުޅޭ ނަމަ އެކުދިން ދިލާވަޅު ދަސްކުރުމަށް ގިނަ ހުރަސްތަކަކާއި ކުރިމަތިވެއެވެ.
އޭގެ އިތުރުން ދިރާސާގައި ބުނެފައިވަނީ ފޯނު ފަދަ ތަކެތި ކުޅުމުން އެކުދިން ހަލަބޮލިވުން އިތުރުވުމާއި އެކު ކުދިން ހެދިބޮޑުވުމަށް ވެސް ހުރަސްއެޅޭ ކަމަށެވެ. އަބަދު ފޯނު ފަދަ ތަކެއްޗާއި ކުޅުމުން އެކުދިންނަށް ފޯނުން ކުރާ ގިނަ ކަންކަން ދަސްވި ނަމަވެސް ސިއްޚީ މައްސަލަތަކާއި ވެސް ކުރިމަތިލާން ޖެހެއެވެ. އެގޮތުން އެފަދަ ކުދިންގެ ލޮލުގެ ފެނުމަށް ބަދަލުއައިސް ލޮލުގެ މައްސަލަތަކާއި ކުރިމަލާން ޖެހޭ ކަމަށް ވެސް ދިރާސާގައި ބުނެފައިވެއެވެ.
ލަންޑްންގެ ޔުނިވާސިޓީއެއް ކަމަށްވާ ބާރކްބެކްއިން ވަނީ 3 އަހަރުން ދަށުގެ ކުދިންގެ 715 ބެލެނިވެރިން ބައިވެރިިކޮށްގެން ސާވޭއެއް ހަދާފަ އެވެ. އެ ސާވޭއިން އެގިގެން ދިޔަގޮތުގައި 3 އަހަރުން ދަށުގެ 75% ކުދިން ފޯނު ފަދަ ތަކެއްޗާއި އާދައިގެ މަތިން ކުޅޭ ކަމަށެވެ. އަދި 6 މަހާއި 11 މަހާއި ދޭތެރޭގެ %51 ކުދިން ހިމެނޭއިރު 2 އަހަރާއި 3 އަހަރާއި ދޭތެރޭގެ %92 ކުދިން ޓަޗް ސްރީން ހިމެނޭ އެއްޗެހި ބޭނުން ކުރެއެވެ.
އަދި އެފަދަ ކުދިން އެކުދިންގެ ކިޔެވުން ދައްވެ ސްކޫލުން ހޯދާ ނަތީޖާތައް ބޮޑުތަނުން ދައްވެފައިވާ ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ. އެހެން ކަމުން ކުޑަކުދިން މިފަދަ ތަކެތި ބޭނުން ކުރުމުން ދުރުކުރުމަށް މައިންބަފައިން ވަރަށް ބޮޑަށް ބާރުއަޅަން ޖެހޭ ކަމަށާާއި ފޯން އަދި ޓެބްލެޓް ކުދިންނަށް ދިނުމުގެ ބަދަލު އެކުދިން އެކިއެކި މައުލޫމާތު ލިބޭ ފޮތް ފަބަތަކެއްވަށް ހާނަން ޖެހޭ ކަމަށް ވެސް ދިރާސާގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް