އޮމިކްރޯންއާ ގުޅިގެން ތައިލެންޑުން އަޅާ ފިޔަވަޅުތަކަށް ދިވެހިން ސަމާލުވުމަށް އެދެފި

ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން ތައިލެންޑު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ. ތައިލެންޑަކ...

24 Dec 2021 | 06:43

ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން ތައިލެންޑު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން ދަތުރު ކުރާ ގައުމެކެވެ.

ފޮރިން މިނިސްޓްރީން ބުނީ "ޓެސް އެންޑް ގޯ" ސްކީމްގެ ދަށުން އަންނަ މަހުގެ 10ގެ   ކުރިން ތައިލެންޑަށް ދަތުރުކުރަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން 22 ޑިސެމްބަރ 2021 ގެ ކުރިން ތައިލެންޑް ޕާސް QR ކޯޑް ލިބިފައިވާ ފަރާތްތަކަށް "ޓެސްޓް އެންޑް ގޯ" ސްކީމްގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެއެވެ.

22 ޑިސެމްބަރ 2021 ގެ ކުރިން ތައިލެންޑް ޕާސްއަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ވެސް ތައިލެންޑް ޕާސް އެޕްރޫވަލް QR ކޯޑް ލިބުމުން "ޓެސްޓް އެންޑް ގޯ" ސްކީމް ގެ ދަށުން ތައިލެންޑަށް ދަތުރުކުރެވޭނެއެވެ.

ނަމަވެސް 22 ޑިސެމްބަރ އިން ފެށިގެން ތައިލެންޑް ޕާސް އަށް އަލަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކަށް ތައިލެންޑަށް ދަތުރުކުރެވޭނީ އަލްޓަނޭޓިވް ކަރަންޓީނު ނުވަތަ ޕުކެޓް ސޭންޑް ބޮކްސް ސްކީމްގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް