ވާރޭފެން ނެގުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވައިފި

އިރުވައި މޫސުމާއި އެކު،އިންޑިއާގެ ވައި ނުސާފުވުމުގެ އަސަރު ރާއްޖެއަށް ފޯރާ ރާއްޖެ ހިމެނޭ ސަރަހައްދުގެ ޖައްވު ނުސާފުވަމުން ދާތީ ވާރޭފެން ނެގުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ...

24 Dec 2021 | 05:38

އިރުވައި މޫސުމާއި އެކު،އިންޑިއާގެ ވައި ނުސާފުވުމުގެ އަސަރު ރާއްޖެއަށް ފޯރާ ރާއްޖެ ހިމެނޭ ސަރަހައްދުގެ ޖައްވު ނުސާފުވަމުން ދާތީ ވާރޭފެން ނެގުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން އިލްތިމާސްކުރައްވައިފިއެވެ.

މެޓް އޮފިހުން ވިދާޅުވީ ހުޅަނގުން އިރުމައްޗައް ވައި ބަދަލުވަމުންދާ މިދުވަސްވަރުގައި އިންޑިއާގެ ހިމާލަޔަން ސަރަހައްދާއި ބޭ އޮފް ބެންގޯލް ހުރަސްކޮށް ހިރަފުހާއި ދުމުގެ އަސަރު ރާއްޖެއަށް ކުރަމުންދާކަމަށެވެ. މިކަން ފާހަގަކުރެވެނީ ޑިސެމްބަރުން ފެށިގެން މާޗު މަހުގެ ނިޔަލަށްކަމަށްވެސް މެޓްއޮފީހުން ވިދާޅުވެއެވެ.

ނޭވާލާ ނިޒާމްގެ ބަލިތައް ހުންނަ ފަރާތްތަކަށް މި ހިރަފުހުގެ ސަބަބުން އުނދަގޫތައް ކުރިމަތިވެ ސިއްޙީ މައްސަލަތަކާ ކުރިމަތިވެދާނެތީ، ސަމާލުވެ ރައްކާތެރިވުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތައް ބޭރަށް ނުކުމެ އުޅޭއިރު މާސްކުއެޅުމަކީ މުހިންމު ކަމެއްކަމުގައި ސިއްޙީ މާހިރުން ވިދާޅުވެއެވެ.

މެޓް އެއޮފީހުން ވިދާޅުވީ ޢާއްމުގޮތެއްގައި މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށްވުރެ އިތުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 ނުވަތަ 5 ކިލޯމީޓަރަށް ދަށްވެފައިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް