މިރެއިން ފެށިގެން ބޮޑު ޗުއްޓީ ނިމެންދެން ފިހާރަތައް 11 ޖަހާއިރު ބަންދުކުރާ ގޮތަށް ހަމަޖައްސައިފި

މިރެއިން ފެށިގެން ބޮޑު ޗުއްޓީ ނިމެންދެން ފިހާރަތައް 11 ޖަހާއިރު ބަންދުކުރާ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ. އެ މިނިސްޓްރީން ބުނީ މިހާރު އޮންނަ އުސޫލަކީ 10 ޖަހާއިރު ފިހާރަތައް ބަންދު...

24 Dec 2015 | 15:43

މިރެއިން ފެށިގެން ބޮޑު ޗުއްޓީ ނިމެންދެން ފިހާރަތައް 11 ޖަހާއިރު ބަންދުކުރާ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން ބުނީ މިހާރު އޮންނަ އުސޫލަކީ 10 ޖަހާއިރު ފިހާރަތައް ބަންދުކުރާގޮތް ނަމަވެސް މިއަދުން ފެށިގެން އެ އުސޫލަށް ބަދަލު ގެނެސްފައިވާކަމަށެވެ.

މި ދުވަސްވަރަކީ ސްކޫލު ސީޒަނަށްވެފައި މާލެއަށް ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން އައިސްގެން އުޅޭތީ ވަރަށް ގިނަ ފަރާތްތަކުން އަންނަނީ މިނިސްޓްރީއަށް ރިކުއެސްޓު ކުރަމުން އަންނަ ކަމަށާއި މިގޮތަށް ނިންމީ މި ސަބަބުތަކަށްޓަކައި ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.

11 ޖަހާއިރު ފިހާރަތައް ބަންދު ކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް