ރީތިރަށް ރިސޯޓް ކައިރިން ދަތުރުކުރި ލޯންޗެއްގައި ރޯވެ އަނދައިފި

ރީތިރަށް ރިސޯޓު ކައިރިން މިއަދު ހެނދުނު ދަތުރު ކުރި ލޯންޗެއްގައި ރޯވެ އަނދައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޯންޗެއްގައި ރޯވެގެން މިއަދު 7:55 އެހާކަންހާއިރ...

24 Dec 2015 | 06:42

ރީތިރަށް ރިސޯޓު ކައިރިން މިއަދު ހެނދުނު ދަތުރު ކުރި ލޯންޗެއްގައި ރޯވެ އަނދައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޯންޗެއްގައި ރޯވެގެން މިއަދު 7:55 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ލޯންޗުގައި ރޯވި ވަގުތު އޭގެ ދަތުރު ކުރި ތިން މީހުން ވަނީ މޫދަށް ފުންމާލާފަ އެވެ. އަދި ފުންމާލި މީހުން ދޯންޏަކަށް ނަގާފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް