ގަމުން ހުޅުދު އާއި މީދުއަށް ސްޕީޑް ފެރީގެ ހިދުމަތް އަންނަ ހަފްތާގައި ފަށަނީ

24 Nov 2026 | 21:19
އާރުޓީއެލް ފެރީތަކެއް -- ފޮޓޯ: އެމްޓީސީސީ

އާރުޓީއެލް ފެރީތަކެއް -- ފޮޓޯ: އެމްޓީސީސީ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުދު އާއި މީދުއަށް ސްޕީޑް ފެރީގެ އައު ރޫޓެއް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މި ޚިދުމަތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ގަމުން އެ ދެ ރަށުގެ ބަނދަރަށް ހަތަރު ދަތުރު ބާއްވާނެއެވެ. ހުޅުދު އާއި މީދުއަކީ އެއްފަސްކޮށް އޮންނަ ދެ ރަށް ކަމުން ދެ ރަށަށް ވެސް ބޭނުންކުރަނީ އެއް ބަނދަރެކެވެ.

Advertisement

ކޮންމެ ދަތުރަކަށް ނަގާނީ 21 މިނެޓެވެ.

ހުކުރު ދުވަހަށް ތާވަލުކޮށްފައި ވަނީ ތިން ދަތުރެވެ. އެއީ ހެނދުނު 9:02 ގައި ފަށާ ދަތުރަކާއި، މެންދުރުފަހު 3:02 ގައި ފަށާ ދަތުރަކާއި، ރޭގަނޑު 8:02 ގައި ފަށާ ދަތުރެކެވެ.

އެމްޓީސީސީން ބުނީ މި ރޫޓުގެ ސަބަބުން ކަސްޓަމަރުންނަށް ދަތުރުފަތުރު އިތުރަށް ފަސޭހަވެ، އަވަސް ޚިދުމަތެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މި ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް