އިބްރާހިމް އަހުމަދު --
މިދިޔަ އޮގަސްޓު މަހު ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ގެއްލުނު އެމްއެންޑީއެފްގެ އޮފިސަރު އިބްފރާހިމް އަހުމަދު ނިޔާވިކަމަށް ކަނޑައަޅައި ކަށު ނަމާދު ކުރަން ނިންމައިފި އެވެ.
އޭނާ ގެއްލުނީ ތ. މަޑިފުށިން ގއ. އަތޮޅަށް ދަތުރު ކުރި ސަޕްލައި ދޯންޏެއް ގއ. އަތޮޅު ކަނޑުތެރޭގައި ދިޔަވާތީ ހިއްކުމުގެ މަސައްކަތުގައި ދޯނި ތެރޭގައި އިންދަ ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ރަސްމީ ޑިއުޓީގައި އަދާ ކުރަމުންދަނިކޮށެވެ. މިހާދިސާގައި ފުލުހަކާއި އެ ސަޕްލައި ދޯނީގެ ކެޕްޓަންވެސް ގެއްލުނެވެ.
ކަށު ނަމާދު ޕޭޖުގައި ވާގޮތުން އިބްރާހިމްގެ މައްޗަށް ޣައިބަށް ކުރާ ކަށު ނަމާދު އޮންނާނީ އަންނަ ހުކުރު ދުވަހު ސަލްމާން މިސްކިތުގައި އެވެ.
ގދ. ތިނަދޫ، އޯޝަންމީޑްއާގެ އުމުރުން 39 އަހަރުގެ އިބްރާހިމް އަހްމަދާއި ގެއްލުނު ގެއްލުނު އަނެއް ދެމީހުން ހޯދުމަށް ގިނަ ދުވަސްތަކެއް ވަންދެން ސަލާމަތީ ބާރުތަކުން މަސައްކަތް ކުރި އެވެ.
ގެއްލޭ މީހުންނާއި ވީނުވޭއެއް ނޭންގިފައިވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރަނީ އެ މީހަކު މަރުވެއްޖެ ކަމަށް ކަނޑައަޅަން އާއިލާ އިން ކޯޓަށް ދިއުމުން ކޯޓުން އެގޮތަށް ކަނޑައެޅުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް