އެއިޑްސް ބަލީގެ 26 މީހަކު ރާއްޖޭގައި އެބަތިބި: އެޗްޕީއޭ

ރާއްޖޭގައި މިވަގުތު އެއިޑްސް ބަލީގެ 26 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭ އިން ބުނީ މިހާތަނަށް ރާއްޖޭގައި 43 މީހަކަށް އެއިޑްސް ޖެހިފައިވާ އިރު، އ...

24 Nov 2024 | 16:02

ރާއްޖޭގައި މިވަގުތު އެއިޑްސް ބަލީގެ 26 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިހާތަނަށް ރާއްޖޭގައި 43 މީހަކަށް އެއިޑްސް ޖެހިފައިވާ އިރު، އޭގެ ތެރެއިން 16 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި އިތުރު ހަ މީހަކަށް އެއިޑްސް ބަލި ޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

"މިހާތަނަށް ރާއްޖޭގައި 43 މީހަކަށް އެއިޑްސް ޖެހިފައިވޭ. އޭގެ ތެރެއިން 16 މީހަކު ވަނީ މަރުވެފަ. އަދި ފާއިތުވި ތިން އަހަރުގެ ތެރޭގައި އިތުރު ހަ މީހަކަށް އެއިޑްސް ބަލި ޖެހިފައިވޭ." އެޗްޕީއޭއިން ބުނެފައިވެއެވެ.

އެ ބަލީގެ މީހުންގެ ތެރޭގައި ގިނައީ 15-24 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުފުރާގެ 10 މީހަކު ބައްޔަަށް ފަރުވާ ހޯދަމުން އަންނަ އިރު، 25-34 އަހަރާ ދެމެދުގެ ހަ މީހަކު ވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.

އެއިޑްސް އިން ރައްކާތެރިވުމަށް އެޗްއައިވީ ޖެހިފައި ނުވާ ބައިވެރިއަކާ އެކު ޖިންސީ ގުޅުން ހިންގުމަށާއި، އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު އަދި ކަށި ފަދަ ތަކެތި އެހެން މީހަކު ބޭނުން ނުކުރުމަށް އިރުޝާދު ދީފައިވެ އެވެ.

އަދި މާބަނޑު ދުވަސްވަރު ދުރާލައި އެޗްއައިވީ އަށް ޓެސްޓު ކުރުމަށްފަހު، ޕޮޒިޓި ވާނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަ ކުރުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް