ހަށިވިއްކި ފަސް އަންހެނަކާއި ދެ އެޖެންޓަކު އަތުލައިގަނެ ޑީޕޯޓް

މި މަހުގައި ހިންގި އިންސްޕެކްޝަންތަކެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީ ފަސް އަންހެނަކާއި އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީ ދެ ފިރިހެނަކު އަތުލައިގެންފައިވާކަން އިމިގްރޭޝަނުން ހާމަކޮށް...

24 Nov 2024 | 14:44

މި މަހުގައި ހިންގި އިންސްޕެކްޝަންތަކެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީ ފަސް އަންހެނަކާއި އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީ ދެ ފިރިހެނަކު އަތުލައިގެންފައިވާކަން އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް މިއަދު އިމިގްރޭޝަނުން ބުނެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި ނޮވެންބަރު މަހުގައި ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައި ކަމަށާއި އެގޮތުން ފަސް މައްސަލައަކާއި ގުޅިގެން ބިދޭސީ ފަސް އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ދެ ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާއިރު، ބާކީ ހަތަރު ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމުގައިވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް