ރާއްޖެ ސަރަހައްދުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާއި ހިލާފަށް ވަދެ އުޅުނު ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ އެ ބޯޓަކީ ސްރީލަންކާއަށް ނިސްބަ...

24 Nov 2024 | 14:21

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާއި ހިލާފަށް ވަދެ އުޅުނު ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ އެ ބޯޓަކީ ސްރީލަންކާއަށް ނިސްބަތްވާ ބޯޓެއް ކަމަށާއި ކޯސްޓުގާޑުން އެ ބޯޓު ހިފެހެއްޓޭ ހދ. މަކުނުދޫގެ ބޭރުން ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.

ހިފެހެއްޓި އެ ބޯޓުގައި ފަސް ފިރިހެނުން ތިބިކަމަށާއި ކުޅުދުއްފުށި ސިޓީގެ ބަނދަރަށް އެ ބޯޓު ގެންގޮސް ބަލާ ފާސްކުރިކުރުމުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާގޮތުގައި އޭގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން އެވެ. އަތުލައިގަތް އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެކަމުގައިވެސް މިއަދު ފުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް