ފުރްޤާން މިސްކިތުގެ މުސްޙަފްތައް އެތައް މިތަނަށް އުކާލައި އެ މިސްކިތުގެ ބައެއް ތަކެއްޗަށް ގެއްލުންތަކެއް ދީފިއެވެ.
މިކަން ހާމަކޮށް ޝައިޚް އާދަމް ނިޝާން އަލީ އާދަމް މިއަދު ފޭސްބުކްގައި ފޮޓޯތަކަކާއި ވީޑިއޯތަކާއެކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަދުގެ ފަތިސް ނަމާދު ކުރިން ވަނީ ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައި ކަމަށެވެ.
"މިކަން ކޮށްފައިވަނީ މިމިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައިވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެކެވެ. މީގެ ކުރިން އެތައް ފަހަރަކުވެސް މީނާ ވަނީ މުސްޙަފްތައް އުކާލުމާއި މިފަދަ އެތައް ކަމެއް މިމިސްކިތުގައި ކޮށްފައެވެ." ޝައިޚް ބުނެފައިވެއެވެ.
މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑި އިރު މާލެ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮތްތޯ؟ އާއި އަދި ކީރިތި ޤުރްއާނަށާއި، الله ގެ ގެކޮޅުގެ ޙުރުމަތް ކަނޑައިގެން އެތައް ފަހަރަކު މީނާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާ އިރު މިކަމަށް އެޅޭނެ ފިޔަވަޅެއް މިދައުލަތުގައި ނެތީތޯ؟ ޝައިޚް ނިޝާން ސުވާލު އުފައްދާފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން މިއަދު ހެނދުނު ބުނެފައިވަނީ ފުރްޤާން މިސްކިތަށް ގެއްލުންދީފައިވާ މައްސަލަ މިއަދު ފަތިހުގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް