ވިސާމާ ފެނިއްޖެ، ހާލު ރަނގަޅު: ފުލުހުން

ގެއްލިގެން ހޯދަމުންދިޔަ ވިސާމާ ފެނިފައިވާކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ. އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާކަމަށްބުނެ، ސ. ހިތަދޫ، ކަދުރުމާގޭ، އުމުރުން 39 އަހަރުގެ އާއިޝަތު ވިސާމާ ...

24 Nov 2023 | 18:39

ގެއްލިގެން ހޯދަމުންދިޔަ ވިސާމާ ފެނިފައިވާކަމަށާއި ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.

އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާކަމަށްބުނެ، ސ. ހިތަދޫ، ކަދުރުމާގޭ، އުމުރުން 39 އަހަރުގެ އާއިޝަތު ވިސާމާ ހޯދައިދިނުމަށްއެދި އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށް ކުރިން ފުލުހުން ބުނެފައިވެއެވެ.

އޭނާ މި މަހުގެ 16 ވަނަ ދުވަހު މާލެ އައި ކަމަށާއި އެންމެ ފަހުން ހަބަރެއްވީ 18 ވަނަ ދުވަހު ފޯނުން ކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިރޭ ފަހުން ބުނެފައިވަނީ މިރޭ 10:30 ހާއިރު މާލެއިން ވިސާމާ ފެނިފައިވާކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް