ފަސް އެނބުރި ބެލުމެއްނެތި ދާނީ ކުރިއަށް، ވަކި ފަރުދަކަށްވުރެ ގައުމު މާ ބޮޑު: އަބްދުއްރަހީމް

އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ މި ގައުމު މާ ބޮޑު ކަމަށާއި ފަސް އެނބުރި ބެލުމެއްނެތި ދާނީ ކުރިއަށް ކަމުގައި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެ...

24 Nov 2023 | 18:23

އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ މި ގައުމު މާ ބޮޑު ކަމަށާއި ފަސް އެނބުރި ބެލުމެއްނެތި ދާނީ ކުރިއަށް ކަމުގައި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީން ޕީޕިއެމް ދޫކޮށްލައްވައި އައު ޕާޓީއެއް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާ މި ދަނޑިވަޅުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީއަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރާ ދެ ޕާޓީ ކަމަށާއި ތިބޭނީ ދިވެހި ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ރައީސް ޑރ. މުއިއްޒުއާއެކު ފިސާރި ސާބިތުވެ ކަމަށެވެ.

"ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ވެގެންދާނީ ދިވެހި ގައުމާ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ލޮބުވެތި ދިވެހި ރައްޔިތުން ރައީސް ޑރ. މުއިއްޒާއެކު ސާބިތުވެ ތިބުމަކީ ގައުމާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް