ފަހުމީ މަގާމުން ވަކިކޮށްފި

ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނުކުރި މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުން އެކަން ދުވަހަށް ކަށަވަރުކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނ...

24 Nov 2023 | 18:06

ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަނުކުރި މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުން އެކަން ދުވަހަށް ކަށަވަރުކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މުހައްމަދު ފަހުމީ ހަސަން އައްޔަނުކުރެއްވީ މީގެ ހަތަރު ދުވަސް ކުރިން މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައެވެ.

ފަހުމީ އެ މަގާމުން ވަކިކުރި ސަބަބު ރައީސް އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ފަހުމީ އެ މަގާމަށް އައްޔަނުކުރުމާއެކު ފަހުމީގެ ކުރީގެ ބައެއް ވާހަތަކާއި މައްސަތަކުގެ ވާހަކަތައް ސޯޝަލް މީޑިއާގައު ދައުރުވަމުންގޮސްފައިވެއެވެ.

ފަހުމީ އަކީ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭރު މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް