ވިލިމާލޭ ސިނަމާލޭ ހަތަރެއް، ފްލެޓްތަކުގެ ޖޫރިމަނާ މައާފުކޮށްދީފި

ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއްގެ ފްލެޓްތައް އަމިއްލަކުރަން ހުށަހެޅި މީހުންގެ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން މާފުކޮށްދީފި އެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ...

24 Nov 2022 | 14:42

ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއްގެ ފްލެޓްތައް އަމިއްލަކުރަން ހުށަހެޅި މީހުންގެ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން މާފުކޮށްދީފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ފިނޭންސް މިނިސްޓްރީން އެ ގޮތަށް ނިންމީ އެ ކައުންސިލުން އެކަމަށް އެދިގެން ކަމަށެވެ. އެ މިނިސްޓްރީން، ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެކަން ކަށަވަރު ކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، ސިނަމާލެ ހަތަރެއްގެ ފްލެޓްތައް އަމިއްލަކުރަން ހުށަހެޅި މީހުން ޖޫރިމަނާގެ ގޮތުގައި 540،945 ރުފިޔާ ދައްކަން އޮތެވެ.

ޖޫރިމަނާ މާފުކޮށްދޭން ފިނޭންސް މިނިސްޓްރީންމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައި އެވެ. އޭނާ ވިދާޅުވީ އެގޮތަށް އެދެން ނިންމީ ފްލެޓުތަކުގެ ވެރިންނާއި ބައްދަލު ކުރުމުން ބޭނުންވާ ކަމަކީ އެއީ ކަމަށް އެދުމުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ސިޓީއާ ހަވާލާދީ، ސިޓީ ކައުންސިލުން ބުނީ އެ މިނިސްޓްރީން ޖޫރިމަނާ މާފުކޮށްދޭން ނިންމީ، "ދައުލަތަށް ލިބެންޖެހޭ ފައިސާ އާއި މުދާ އަނބުރާ ނުލިބޭނެ ކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލުކުރާނެ އުސޫލު"ގައިވާ ގޮތުގެ މަތިން އެއީ ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމުގައި ކަނޑައަޅައިފަ އެވެ.

މާލޭ ސިޓީ ކައުންސިލުގެ މި ދައުރުގައި ނިންމާފައި އޮތީ މާލޭގައި ހުރި ސިނަމާލެ ފްލެޓުތަކާ އެއްގޮތަށް ވިލިމާލޭގައި ހުރި ސިނަމާލެ ފްލެޓްތައް ވެސް އަމިއްލަކުރުމުގެ ފުރުސަތު އެތަނުގެ ވެރިންނަށް ދޭށެވެ. އެ ފުރުސަތު މިދިޔަ އަހަރު ފަހުކޮޅު ހުޅުވައިލި އެވެ.

އެ ނިންމުމާ ގުޅިގެން މާލެ އާއި ވިލިމާލޭގައި ހުރި ހަ ފްލެޓެއްގެ ޖޫރިމަނާ މާފުކޮށްދޭން ރައީސް އޮފީހުގައި އެެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް